އެފްރިކާ ބައްރުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލްގައި، މިސްރު ބަލިކޮށް ފުރަތަމަ ފަހަރަށް ސެނަގާލް މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ފައިނަލްގައި ރޭ ކުޅުނު މެޗު ސެނަގާލް ކާމިޔާބު ކުރީ، ފުރިހަމަ ވަގުތު ހަމަވެ އެއްވަރުވެފައި އޮތުމުން އިތުރު ގަޑީގެ 30 މިނެޓު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާ އަކުންނެވެ.
މެޗު ފެށިގެން ނިމެންދެން މޮޅަށް ކުޅުނު ސެނަގާލަށް ވަނީ 7 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބިފައެވެ. މަނޭ ޖެހި ޕެނަލްޓީ، މިސްރުގެ ކީޕާރު އަބޫގަބަލް ވަނީ ދިފާއު ކޮށްފައެވެ. ސެނަގާލަށް ވަނީ ދެ ހާފްގައިވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވީ މި މުބާރަތުގައި މޮޅު ކުޅުމެއް ކުޅުނު މިސްރުގެ ކީޕަރެވެ.
މުބާރާތުގެ އެެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސެނަގާލްގެ ސަޑިއޯ މާނޭ އަށެވެ. އެންމެ ގިނަ ގޯލް ޖެހީ ކެމަރޫން ގެ ވިންސެންޓް އަބޫބަކްރެވެ. އޭނާ ވަނީ މި މުބާރާތުގައި 8 ގޯލް ޖަހައިފައެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ސެނަގާލްގެ ކިީޕަރު މެންޑީ އެވެ.
ސެނަގާލް މި މިބާރާތުގައި މިހާތަނަށް 16 ފަހަރު ބައިރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު