ފަސް ދުވަސް ވަންދެން ވަޅެއްގެ ތެރޭގައި ތާށިވެފައި ހުރި މޮރޮކޯގެ ފަސްއަހަރުގެ ރަޔާން މަރުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ފުޓްބޯޅަ ކުުންތެރިންނާއި ޓީމުތަކުން ތައުޒިޔާގެ މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
ރަޔާން ވެއްޓުނީ އޭނާ އުޅޭ ގޭ ކައިރީގައި ކޮނެފައިވާ 100 ފޫޓެއްހާ ފުން ވަޅަކަށެވެ. އޭނާ ވެއްޓުނު ވަޅަކީ 32 މީޓަރު ނުވަތަ 104 ފޫޓުގެ ފުން ވަޅެކެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ ގާތްގަނޑަކަށް 18 އިންޗިކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ފަސްދުވަހުގެ މަސައްކަތުން ރަޔާން ވަޅުން ސަލާމަތް ކުރެވުނުއިރި ވަނީ މަރުވެފައެވެ.
ޕީއެސްޖީ އަދި މޮރޮކޯގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީ ވަނީ ރަޔާންގެ މޫނުގެ ކުރެހުމެއް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފަ އެވެ. އެ ޕޯސްޓް ވަނީ ކިލިއަން އެމްބާޕޭ، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށްފައެވެ.
ޔޫރަޕްގެ ގިނަ ފުޓްބޯޅަ ކްލަބްތަކުން ވެސް ވަނީ އަރަބި ސޯޝަލް މީޑިއާ ޕޭޖުތަކުގައި ރަޔާން ވަކިދިއުމާއި ގުޅޭ ހަމްދަރުދީގެ މެސެޖްތައް ހިއްސާކޮށްފަ އެވެ.
ސްޕެއިންގެ ސެވިއްޔާއިން ކުރި ޓްވީޓްގައި، ސެވިއްޔާ ފުޓުބޯޅަ ކްލަބާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ސަޕޯޓަރުންގެ ފަރާތުން ރަޔާންގެ މަރާއި ގުޅިގެން މޮރޮކޯގެ ރައްޔިތުންނަށް ތައުޒިޔާކިޔާކަން ވަނީ ހާމަކޮށްފައެވެ.
ބާސެލޯނާގެ އަރަބި ޓްވިޓާ ޕޭޖުން ބުނެފައި ވަނީ ރަޔާން މަރުވި ހަބަރު އެހީ ވަރަށް ފުންހިތާމައާއި އެކުގައި ކަމަށެވެ. މި ހިތާމައިގައި ބައިވެރިވެ ތުއްތު ރަޔާންގެ މައިންބަފައިންނާއި މުޅި އާއިލާއަށް އެ ކްލަބުން ވެސް ވަނީ ތަޢުޒިޔާ ކިޔާފައެވެ.
ސައުދީ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އަލް ހިލާލާއި އަލް ނަސްރުގެ އިތުރުން މޮރޮކޯ ލީގް ޓީމުތަކުންވެސް ވަނީ ރަޔާން ނިޔާވުމާއި ގުޅިގެން ހަމްދަރުދީގެ މެސެޖްތައް ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކޮށްފަ އެވެ.

نادي اشبيلية ومجلس إدارته وجماهيره يتقدمون بخالص التعازي للشعب المغربي في وفاة #الطفل_ريان
— Sevilla FC Arabic (@SevillaFC_ARA) February 5, 2022
#WeareSevilla
ބާސެލޯނާގެ އަރަބި ޓްވިޓާ ޕޭޖުން ބުނެފައި ވަނީ ރަޔާން މަރުވި ހަބަރު އެހީ ވަރަށް ފުންހިތާމައާއި އެކުގައި ކަމަށެވެ. މި ހިތާމައިގައި ބައިވެރިވެ ތުއްތު ރަޔާންގެ މައިންބަފައިންނާއި މުޅި އާއިލާއަށް އެ ކްލަބުން ވެސް ވަނީ ތަޢުޒިޔާ ކިޔާފައެވެ.
ببالغ الحزن والأسى، تلقينا نبأ وفاة الطفل ريان. بهذه المناسبة الأليمة، نتقدم بخالص العزاء والمواساة لوالديه وكافة أسرته.
— نادي برشلونة (@fcbarcelona_ara) February 5, 2022
ސައުދީ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އަލް ހިލާލާއި އަލް ނަސްރުގެ އިތުރުން މޮރޮކޯ ލީގް ޓީމުތަކުންވެސް ވަނީ ރަޔާން ނިޔާވުމާއި ގުޅިގެން ހަމްދަރުދީގެ މެސެޖްތައް ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު