ފީފާ ކްލަބް ވޯލްޑްކަޕް 2021 ގެ ސެމީފައިނަލްގައި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނެ ޓިމަކަށް ސައުދީގެ އަލް ހިލާލް ވެއްޖެއެވެ.

އޭއެފްސީ ޗެމްޕިއަންސްލީގު ޗެމްޕިއަން އަލް ހިލާލް ސެމީއަށް ދަތުރު ކުރީ މުބާރާތުގެ ދެވަނަ ބުރުގައި އަލް ޖަޒީރާގެ މަށްޗަށް 1-6 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމަށް, ޗެލްސީ ވަނީ މިހާރު އަބޫ ދާބީގައި ފަރިތަކުރުންތައްފަށާފައެވެ. ޗެލްސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން, ކްލަބް ވޯލްޑްކަޕަށް އަބޫދާބީއަށް ކުރި ދަތުރުގައި ޓީމްގެ 23 ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި ޓީމުގެ އެއްނަންބަރު ކީޕަރު, އެފްރިކާ ކަޕް އޮފް ނޭޝަންސް މިފަހަރު ކާމިޔާބުކުރި ސެނަގާލްގެ އެޑުއާޑޯ މެންޑީ ފަހުގެ ތާރީހެއްގައި ޓީމާއި ގުޅޭނެ ކަމަށް ބުނެފައި ވެއެވެ. ކޮވިޑަށް ޕްޒިޓިވް ވެފައިވާ ކޯޗް ޓުޗެލް އަންނަ ހަފްތާގައި ޓީމާއި ގުޅޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ އަދި އަލް ހިލާލް ބައްދަލުކުރާ ސެމީ ފައިނަލް މެޗް ކުޅޭނީ އަންނަ ބުދަދުވަހު ރާއްޖެގަޑިން 21:30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން