އަލީ ނިހާދު   9 ފެބްރުއަރީ 2022 - 22:32
ފޮޓޯ: އޭޕީީ
ފޮޓޯ: އޭޕީީ
ބައިކޮޅަށް ގޯލެއް ނުވަދެ 500 މެޗު ހަމަކުރި ފުރަތަމަ ކީޕަރަކަށް ޕާމާގެ ތަރި ޖިއާންލުއީޖީ ބުފޮން ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިޓަލީގެ ދެ ވަނަ ޑިވިޝަން (ސެރީ ބީ) ގައި ޕާމާ އާއި ބެނެވެންޓޯ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ތާރީހުގައި މިހާތަނަށް ބައިކޮޅަށް ގޯލެއް ނުވަދެ 500 މެޗު ހަމަކުރި ފުރަތަމަ ކީޕަރަކަށް ބުފޮންވަނީ ވެގެން ގޮސްފައެވެ.

އުމުރުން 44 އަހަރުގެ ބުފޮން މިހާރު ކުޅެމުން އަނަންނީ އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ޕާމާގައެވެ.

ޕާމާ އަކީ ބުފޮން ފުޓުބޯޅަގެ ކެރިއަރުފެށި ކުލަބެވެ. 2006 ގެ ވޯލްޑް ކަޕް އިޓަލީއަށް ހޯދައިދިން، ބުފަންވަނީ މިހާތަނަށް 1000 އަށްވުރެންގިނަ މެޗު ކުޅެފައެވެ.

ބައިކޮޅަށް ގޯލެއް ނުވަދެ 500 މެޗު ހަމަކުރިއިރު، އޭގެތެރެއިން 92 މެޗުކުޅުނީ މިހާރުގެ ޓީމް ޕާމާގައެވެ. ޔުވެންޓަސްގައި 322 މެޗު، ޕީއެސްޖީގައި 9 އަދި ގައުމީ ޓީމުގައި 77 މެޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން