އާސެނަލް ޓީމުގެ ކެޕްޓަންކަމަށް އަލެކްސަންޑަ ލަކަޒެޓޭ ހަމަޖައްސައިފިއެވެ.
އާސެނަލްގެ ކެޕްޓާނަކަށް ލަކަޒެޓޭ ހަމަޖައްސައިފައިވާކަމަށް އިއުލާންކުރީ މިއަދު ބޭއްވި ކްލަބުގެ ނިއުސް ކޮންފަރެންސްގައި ކޯޗު އާޓެޓާއެވެ.
ލަކަޒެޓޭގެ ކެޕްޓަންކަމުގައި އާސެނަލް ވަނީ މިފަހުން ވަރަށް ގިނަ މެޗުތައް ކުޅެފައެވެ. ކުރީގެ ކެޕްޓަން އޮބާމަޔަން މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ޑިސިޕްލިނަރީ މައްސަލައަކާހުރެ ވަނީ ކެޕްޓަންކަމުން ދުރުކޮށް ޓީމުން ބާކީކޮށްފައެވެ. އަދި ކޯޗާއި ގުޅުން ހީނަރުވެ އެންމެފަހުން އޮބާމަޔަން ވަނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި ސްޕްއިންގެ ބާސެލޯނާއަށް ބަދަލުވެފައެވެ.
ލަކަޒެޓޭގެ އާސެނަލް ކޮންޓްރެކްޓް މިސީޒަނަށް ހަމަވާއިރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ލިޔޯނަށް ބަދަލުވާން އުޅޭކަމަށް އަޑުތައްވަނީ ފެތުރިފައެވެ. އެހެންކަމުން އަންނަ ސީޒަންގައި އާސެނަލްގެ ކެޕްޓަންކަމުން އެހެން ކުޅުންތެރިޔަކު ފެނުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު