ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އީގަލްސާއި ސަސް ހިނގައްޖެއެވެ.

އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕް ސެމީފައިނަލްގެ މެޗްތައް މިއަދު ކުޅުނުއިރު، ޓީސީ ސްޕޯޓްސް ކްލަބް 0-1 އިން ބަލިކޮށް އީގަލްސް ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ސުޕަ ޔުނިޓެޑް ސްޕޯޓްސް (ސަސް) ވަނީ ފައިނަލްގެ ފަހު ޖާގަ ކަށްވަރުކޮށްފައެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗު މިއަދު ހަވީރު ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ ޓީސީ ސްޕޯޓްސް ކްލަބާއި އީގަލްސް އެވެ. މި މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ޖަހައިދިނީ 67 ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ސަމާހް މޫސާއެވެ. 0-1 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް އީގަލް ފައިނަލަށް ދަތުރުކުރިއިރު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަމާހެވެ.

މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ވިކްޓްރީއާއި ސަސް އެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވެ، ދެ ޓީމަށްވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 2-3 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ސަސް ވަނީ ފައިނަލްގެ ފަހު ޖާގަ ހޯދާފައެވެ.

އަންނަ އާދިއްތަ ދުވަހު، އީގަލްސާއި ސަސް ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ ފ. ނިލަންދޫގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން