އިގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް 0-2 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ލެސިސްޓާ މައްޗަށް ކުރި ހޯދައިފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ، މި ސީޒަންގައި މޮޅު ކުޅުމެއް ކުޅެމުންއަންނަ ޕޯޗުގަލްގެ ތަރި ޑިއެގޯ ޖޮޓާއެވެ. މިއީ ލިވަޕޯލަށް ޖޮޓާ މި ސީޒަނުގައި ޖަހައިދިން 12 ވަނަ ގޯލެވެ.

މެޗުފެށިގެން މޮޅަށް ކުޅުނު ލިވަޕޫލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ލެސިސްޓަގެ ގޯލަށް އަމާޒުކޮށްފައެވެ. ޖޮޓާގެ ފުރަތަމަ ގޯލް ފެނިގެންދިއައީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އަދި 2 ވަނަ ގޯލް ޖެހީ މެޗުނިމެން 3 މިނެޓަށްވެފައި ވަނިކޮށެވެ.

ޕްރިމިއާ ލީގު މި ސީޒަންގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 11 މެޗު ކުޅެ 8 މޮޅުވެފައިވާއިރު އެއްވަރުވީ 3 ފަހަރުއެވެ. މި މޮޅާއިއެކު ލިވަޕޫލް އޮތީ 51 ޕޮއިންޓާއިއެކު ތާވަލުގެ 2 ވަނައިގައެވެ. ލެސިސްޓާ އޮތީ 26 ޕޮއިންޓާއިއެކު 12 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން