މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާގައި ދިވެއްސަކު ޢުމުރަށް ޖަލަށްލައިފިއެވެ.
ލަންކާގެ "ނިއުސް ފަސްޓް" ނޫހުން މިއަދު ރިޕޯޓުކޮށްފައިވަނީ، 2016 ވަނަ އަހަރު ދިވެއްސެއްގެ އަތުން 265 ގްރާމްގެ ހެރޮއިން ފެނުނު މައްސަލައެއްގައި ކޮލަމްބޯގެ ހައިކޯޓުން އޭނާ އުމުރަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ އެމައްސަލާގައި 28 އަހަރާއި 30 އަހަރުގެ ދެދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ ބަމްބަލަޕިޓިޔާއިން 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ކޯޓުން މިއަދު ޙުކުމް އިއްވާފައިނީ އެންމެ މީހެއްގެ މައްޗަށެވެ. އަނެއް މީހާގެ މައްޗަށް ކުރި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ޢުމުރުދުވަހުގެ ޖަލުޙުކުމެއް ދިވެއްސަކަށް އިއްވާފައިވާއިރު އެމީހާގެ ވަނަވަރު ލަންކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ދިވެހި ފުލުހުންވެސް އެއްވެސް ބަހެއްބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު