ސްޕެނިޝް ލަ ލީގާގައި މިރޭ ވިލަރެއާލުން ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓާލއިފިއެވެ. ވިލަރެއާލް ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިމެޗުގައި ރެއާލް މެޑްރިޑް ގެ އެއްނަންބަރު ފޯވާޑް ބެންޒެމާ، އިންޖަރީގެ ސަބަބުން ނުކުޅެއެވެ. ކުރިއަށް ކުޅުނީ ގަރެތް ބޭލް، ވިނިސިއަސް އަދި އެސެންސިއޯއެވެ.

މެޗު ނިމިގެންދިއައީ ދެ ޓީމަށްވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި އެކަން ނާކާމިޔާބުވެގެންނެވެ. އެގޮތުން ފުރަތަމަ ހާފްގައި ވިލަރެއާލުން ވަނީ މެޑްރިޑު ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ދެވަނަ ހާފު ކުރީކޮޅުގައި އެސެންސިއޯ، ވިނިސިއަސް އަދި ބޭލް އަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑަށް 54 ޕޮއިންޓާއެކު ލިބެނީ އެއްވަނައެވެ. އަދި ދެވަނައިގައި އޮތް ސެވިއްޔާ އަށް ލިބެނީ 24 މެޗުން 50 ޕޮއިންޓެވެ. ވިލަރެއާލް އޮތީ 36 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން