ފީފާ ކްލަބް ވޯލްޑްކަޕް ފައިނަލުގައި، ޕަލްމެއިރާސް ބަލިކޮށް ފުރަތަމަ ފަހަރަށް ޗެލްސީ މުބާރާތް ކާމިޔާބުކޮށްފިއެވެ.
ޕައިނަލްގައި ރޭ ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރީ، ފުރިހަމަ ވަގުތު ނިމުނުއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، އިތުރުގަޑީގެ ފަހުވަގުތުގައި ޖެހި ގޯލަކުން 1-2 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި ދެ ޓިމުންވެސް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެއް ނުވެއެވެ.
ޗެލްސީގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 54 ވަނަ މިނެޓުގައެވެ. މި ގޯލް ޖަހައިދިނީ ހަޑްސަން އޮޑޮއި ނެގި ހުރަހަކުން ލުކަކޫ ބޮލުންނެވެ.
ޗެލްސީ ގޯލު ޖެހިތާ 10 މިނެޓުފަހުން ޕަލްމެއިރަސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ލިބުނީ އޭރިއާތެރެއިން ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަތުގައި ބޯޅައިން ޖެހިގެންނެވެ. ޕަލްމެއިރާސްގެ ޕެނަލްޓީ ކާމިޔާބު ކުރީ ވެއިގައެވެ.
މެޗުގެ ފުރިހަމަ ވަގުތު 1-1 ގައި އެއްވަރުވުމުން ދެން ކުޅެންޖެހުނީ އިތުރުގަޑިއެވެ. ޗެލްސީ މޮޅުކޮށްދިން ލަނޑު އިތުރުގަނޑީގެ 117 ވަނަ މިނެޓުގައި ޖަހައިދިނީ ހަވާޓްޒް ލިބުނު ޕެނަލްޓިއަކުންނެވެ. މިއީ ޗެލްސީ މި މުބާރާތް ހޯދި ފުރަތަމަ ފަހަރެވެ. އަދި ކޯޗު ޓުޗެލްގެވެސް ފުރަތަމަ ކްލަބް ވޯލްޑް ކަޕް ތަށްޓެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާއަށެވެ. މިއީ 2014 ވަނަ އަހަރު ސާޖިއޯ ރާމޯސްއަށް މޮޅު ކުޅުންތެރިޔާ ގެ މަގާމު ލިބުނުފަހުން ޑިފެންޑަރަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތިންވަނަ މަގާމު ހޯދި ޓީމަކީ އަލް އަހްލީއެވެ. ތިންވަނަ ހޮވި މެޗުގައި އަލް އަހްލީ ވަނީ އަލް ހިލާލްގެ މަށްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު