ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އަދި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަން ގެ މަގާމަށް އަލްއުސްތާޛު އިމްތިޔާޒް ފަހުމީ (އިންތި) ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވާނެކަން އިންތި ހާމަކުރައްވަފައިވާއިރު، އެ މަގާމަށް އޭނާ ވާދަކުރައްވާނެކަމުގެ އަޑުތައް އިއްޔެ އޮތީ ފެތުރިފައެވެ. އެ އަޑު ފެތުރިފައި ވަނިކޮށް ޗެއަރޕާސަންކަމުގެ މަގާމަށް އިންތި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ޓީވީ ޕްރޮގްރާމްތަކުން އާއްމުންގެ މަގްބޫލްކަން ލިބުނު، ފުންނާބު އުސް ގާނޫނީ ވަކީލެއްކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަކީ އައު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އެކުލަވާލަން ފެށިފަހުން ކޮންމެ ދައުރެއްގައި އެމަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ މަދު މެމްބަރުންގެ ތެރެއިން މެމްބަރަކެވެ.
އިންތިގެ ސިޔާސީ ހަޔާތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގައި ޙަރަކާތްތެރިވެފައެއް ނުވެއެވެ. ސިޔާސީ ބައެއް ބޭފުޅުން ދޭތެރެދޭތެރެއިން ހޫނު ފެނަށް ވެއްޓޭ މަންޒަރު ފެނިފައި ވީނަމަވެސް، އިންތިގެ ފަރާތުން މިހާތަނަށް އެފަދަ މަންޒަރެއް ފެނިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލީ އިއްޔެއެވެ.
ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިންތި ހާމަކުރައްވާފައިވާއިރު އެ މަޤާމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވެސް ވާދަކުރައްވާނެކަން ވަނީ ހާމަކުރަށްވާފައެވެ.
އެމްޑީޕީން ނިންމާފައިވަނީ ޗެއަރޕާސަންގެ އިންތިޚާބު އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ.

އެމް.ޑީ.ޕީ. ގެ ޗެއާޕާރސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. 💛 pic.twitter.com/35Rm2l5O9A
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 12, 2022
ޓީވީ ޕްރޮގްރާމްތަކުން އާއްމުންގެ މަގްބޫލްކަން ލިބުނު، ފުންނާބު އުސް ގާނޫނީ ވަކީލެއްކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަކީ އައު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އެކުލަވާލަން ފެށިފަހުން ކޮންމެ ދައުރެއްގައި އެމަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ މަދު މެމްބަރުންގެ ތެރެއިން މެމްބަރަކެވެ.
އިންތިގެ ސިޔާސީ ހަޔާތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގައި ޙަރަކާތްތެރިވެފައެއް ނުވެއެވެ. ސިޔާސީ ބައެއް ބޭފުޅުން ދޭތެރެދޭތެރެއިން ހޫނު ފެނަށް ވެއްޓޭ މަންޒަރު ފެނިފައި ވީނަމަވެސް، އިންތިގެ ފަރާތުން މިހާތަނަށް އެފަދަ މަންޒަރެއް ފެނިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލީ އިއްޔެއެވެ.
ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިންތި ހާމަކުރައްވާފައިވާއިރު އެ މަޤާމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވެސް ވާދަކުރައްވާނެކަން ވަނީ ހާމަކުރަށްވާފައެވެ.
އެމްޑީޕީން ނިންމާފައިވަނީ ޗެއަރޕާސަންގެ އިންތިޚާބު އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ.
ކިޔުންތެރިންގެ ހިޔާލު