ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިލެޓްރޯނިކް އާލާތްތައް ވެއްދުމާބެހޭ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ހައިކޯޓުން ބުނީ މި އުސޫލުގެ މަގުސަދަކީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅުމާއި ޖަވާބުދާރީވުމުގައި ފަސޭހަވާނެހެން ޝަރީޢަތުގެ މަޖިލީހުގެ އެތެރޭގެ ކަންކަން ބެލެހެއްޓުމާއި, ހިނގަމުންދާ އަޑުއެހުންތަކުގައި ޖަވާބުދާރީވުމަށް ބޭނުންވާނޭ މަޢުލޫމާތު އަވަސް މަގުން ހޯދޭނެހެން އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ޚަޞްމުންނަށް ހޯދައިދިނުން ކަމަށެވެ.
އެ ގޮތުން ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ޚަޞްމަކަށް ނުވަތަ ޚަޞްމަކު ތަމްސީލުކުރުމަށް ހާޒިރުވާ ފަރާތަކަށް ނުވަތަ ހެއްކަކަށް ނުވަތަ ޚަބީރަކަށް ލެޕްޓޮޕާއި, މޯބައިލް ފޯނާއި, ޓެބްލެޓް ޝަރީޢަތުގެ މަޖިލީހަށް ވެއްދިދާނެ ކަމަށް އެ އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން އިލެޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ޝަރީޢަތުގެ މަޖިލީހުގެ އަޑާއި މަންޒަރު ރިކޯޑު ކުރުމާއި ބްރޯޑްކާސްޓް ކުރުމަކީ މަނާކަމެކެވެ. ހަމައެއާއެކު އުސޫލުގެ ބޭރުން އެފަދަ އާލާތްތަކުގެ ބޭނުންކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައިކޯޓުގެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު