ވ. ފުލިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމެވެ. އެގޮތުން ވ. ފުލިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 52 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް 13 ފެބްރުއަރީ 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. 16.94 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު