އިޓާލިއަން ސެރީއާގައި މިއަދު އޭސީ މިލާނާއި ސަމްޑޯރިއާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން އޭސީ މިލާން މޮޅުވެ ލިގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އޭސީ މިލާންގެ ދަނޑުގައި ކުޅުނު މި މެޗު، ފެށިގެން 8 ވަނަ މިނެޓުގައި ވަނީ މިލާންގެ ރަފައެލް ލެއާއޯ ގޯލެއްޖަހާ ލީޑުނަގައި ދީފައެވެ. މި ގޯލު ޖެހީ މިލާނުގެ ކީޕަރު އަމިއްލަ އޭރިއާ ކައިރީގައި ހުރެ ފޮނުވާލި ބޯޅަ އަރިމަތިންގޮސް ސަމްޑޯރިއާގެ ހާފުގެ ތެރެއިން، ލިއާއޯއަށް ބޯޅަ ލިބުމުން ބޯޅަ ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާގެތެރެއަށް ވަދެ، ގޯލުގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.
މިއީ ލެއާއޯ އޭސީ މިލާނަށް ކުޅުނު 100 ވަނަ މެޗެވެ.
މެޗުފެށިގެން މޮޅަށް ކުޅުނު މިލާނުންވަނީ ސަމްޑޯރިއާ ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.
މިނަތީޖާއާއިއެކު އޭސީ މިލާނަށް ތާވަލުގެ އެއްވަނަ ލިބިފައިވަނީ 25 މެޗު ކުޅެ 55 ޕޮއިންޓު ލިބިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 24 މެޗު ކުޅެގެން ލިބިފައިވަނީ 54 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު