ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި, ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) 0-1 ގެ ނަތީޖާއަކުން ބަލިކޮށް ކްލަބް އީގަލްސް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ފ. ނިލަންދޫގައި މިއަދު ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ގޯލް ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ، މެޗު ފެށިގެން ނިމެންދެން މޮޅަށް ކުޅުނު އީގަލްސްއަށެވެ. އެގޮތުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިން ގޮތުގައި ކުޅެން ނިކުތް މުހައްމަދު ރިޝާނާއި މާހީ އިބްރާހިމަށް ގޯލް ޖަހަން ލިބުނު ފުރުސަތު ފާހާގަކޮށްލެވެއެވެ.

މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބު ކުރި އީގަލްސްގެ ހަމައެކަނި ގޯލު 24 ވަނަ މިނެޓުގައި ޖަހައިދިނީ ޖާޒީނަންބަރު 11, ޒައިން ޒަފަރެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ ޒައިން އެވެ. 6 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ މުހައްމަދު ސަމާހެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްގެ ކޯޗު އަހުމަދު ނިމާދެވެ. އަދި ފެއާ ޕްލޭ ޓީމަކީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން