އިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން ބާންލީ ބަލިވި އިރު، ވޫލްވްސުން ކޮންޓޭގެ ޓޮޓެންހަމްގެ މަށްޗަށް ކުރި ހޯދައިފިއެވެ.
ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މިމެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖައަކުންނެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން 5 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ފަބިންހޯއެވެ. ލީގުގެ ފުލުގައި އޮތް ބާންލީ އިން ވަނީ މި މެޗުގައި ލިވަޕޫލް ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވަލައިފައެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމް، ވުލްވަހެމްޓަން އާއިކުޅެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ވޫލްވްސްގެ ދެގޯލުވެސް ޖެހީ ފުރަތަމަ ހާފު ކުރީކޮޅުގައެވެ. އެގޮތުން ރައުލް ގިމްނޭޒް 6 ވަނަ މިނެޓުގައި ފުރަތަމަ ގޯލުޖެހި އިރު ދެވަނަ ގޯލު ޑެންޑޮންކާ ޖެހީ 18 ވަނަ މިނެޓުގައެވެ. މި ބައްޔާއެކު ޓޮޓެންހަމް ވަނީ ލީގުގައި އެންމެފަހުން ކުޅުނު 3 މެޗުންވެސް ބަލިވެފައެވެ.
24 މެޗުކުޅެ 54 ޕޮއިންޓު ލިބި ލިވަޕޫލަށް އޮތީ 2 ވަނައިގައެވެ. 1 ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއީ 25 މެޗުކުޅެގެންނެވެ. ވޫލްވްސް 7 ވަނައިގައި އޮތްއިރު ޓޮޓެންހަމް އަށް ލިބިފައިވަނީ 8 ވަނައެވެ.

ކިޔުންތެރިންގެ ހިޔާލު