ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ފަރާތްތަކަށް ސަފާރީ ހުއްދަ ނުލިބޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގެ ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ އެ އުޅަނދެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ފައިސާއެއް ދައްކަން ނެތްނަމަ ކަމަށެވެ. އެގޮތުން މި ހުއްދަ ބަދަލު ކުރެވޭނީ ދައުލަތަށް ދައްކަން ޖެހޭ ޓެކުސް ނުވަތަ ފައިސާއެއް ދައްކާ ހަލާސް ކުރުމުން ކަމަށް އިސްލާހުގައިވެއެވެ.

ދެހާސް ހަތް ވަނަ އަހަރު އެކުލަވާލާފައިވާ ސަފާރީ އުޅަނދާ ބެހޭ ގަވައިދުގައި މީގެ ކުރިން ބަޔާންކޮށްފައިވަނީ ގަވައިދުގެ ދަށުން ދީފައިވާ ހުއްދައެއް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ އެ އުޅަނދަކާ ގުޅިގެން ދައްކަންޖެހިފައިވާ އެއްވެސް ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނެތްނަމަ ކަމަށެވެ. އޭރުގެ ގަވައިދުގައި އޮތް ގޮތުންނަމަ ޓެކްސް ލަސްވުމުގެ ސަބަބުން ދައްކަން ޖެހޭ ޖޫރިމަނާ ފީތައްވެސް ދައްކާ ހަލާސް ކުރަން ވަނީ ލާޒިމްކޮށްފައެވެ.

ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީ އުޅަނދުތައް އޮތްއިރު ސަފާރީއާ ބެހޭ ގަވައިދަކީ ވަރަށް ކުރީގެ ގަވާއިދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން