ނުހެދި އޮތް 75 ރަށެއްގައި ރިސޯޓު ހަދާ ހުޅުވަން 3 އަހަރުގެ މުހުލަތެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެއެވެެ.
ޑރ.މައުސޫމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށް ނުނިމި ދިގުލައިގެން ދިޔުމަކީ ކުރިމަތިވެފައިވާ ވަަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، މިވަގުތު ރާއްޖޭގެ ކަންތައްތަށް އޮންނަ ގޮތުން ރަށްތައް ނުހެދި އޮތުމުގެ ޒިންމާވެސް އެންމެ ފަހުން ނަގަން ޖެހެނީ ސަރުކާރުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޑރ. މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން މީގެ ކުރިން ދޫކޮށްފައިވާ 75 ރަށެއް އެގްރިމެންޓްކޮށް ތިން އަހަރުގެ ތެރޭގައި އެ ރިސޯޓެއް ހުޅުވަން މިހާރު މުހުލަތެެއް ދީފައިވާ ކަމަށެވެ. އަދި އެތިން އަހަރުގެ ތެރޭގައި ރިސޯޓް ނުހުޅެވޭނަމަ އެރަށް ސަރުކާރުން އަތުލާނެ ކަަމަށާއި އެހެން ނޫނީ ތިން އަަހަރުގެ ތެރޭގައި ރިސޯޓް ހުޅުވަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ ނުހެދި ހުރި ރަށްތައް ހަދަން ތިން އަހަރު މަޑުކުރުމުގެ މަގުސަދެއް ވެސް ނެތް ކަމަށެވެ. އަދި އެއް އަހަރުތެރޭގައި ރަށް ހަދަން ތަކެތި އެއްކޮށް ނުގެންދާނަމަ އެ ރިސޯޓެއް ނުނިއްމޭނެ ކަމަށް މައުސޫމް ވިދާޅުވިއެެވެ.
"އާންމުކޮށް ރާއްޖޭގެ ރިސޯޓެއް ހެދޭ ކަމަށް މިބަލަނީ އެންމެ ބާރު ސްޕީޑްގައި ވެސް ދޮޅު އަހަރުން، އެހެންވީމަ ދޮޅު އަހަރުވާއިރު ހަދަން ނުފަށާ ރިސޯޓެއް އަނެއްް ދޮޅު އަހަރުން ނިންމޭނެ ކަމަށް ނުބެލެވޭ. އެހެންވީމަ މި ދެންނެވި އެގްރިމެންޓްގައި ސޮއިކޮށްފައި ދޮޅު އަހަރުވާއިރު ސީދާ ޕްރޮޖެކްޓް ފުލްކޮށް މޮބައިލައިޒް ނުކުރެވެއްޏާ އަޅުގަނޑުމެން މި ބަލަނީ އެ ރިސޯޓް ތިން އަހަރުގެ ތެރޭގައި ނުނިންމޭނެ ކަމަށް. އެހެންވީމާ ޓޫރިޒަމް މިނިސްޓްރީއަށް އެ ރިސޯޓެއްްގެ އެގްރިމެންޓް ބާތިލްކުރުމުގެ ބާރު އެބައޮތް ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ރިސޯޓު ހަދަން ދޫކޮށް ނުހެދި 100 އަށްވުރެ ގިނަ ރަށް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މީގެތެރޭގައި ފަންސަވީހެއްހާ ފަޅުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު