އައްޑޫ ބިންހިއްކަނީ އައްޑޫ ރައްޔިތުން ބޭނުންވެގެން ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އައްޑޫ މަރަދޫ ދާއިރާގެ ކައުންސިލަރ އަޙްމަދު ނާދިރު ގޮވާލައްވައިފިއެވެ.
ކައުންސިލަރ ނާދިރު މިމޭރުމުން ގޮވާލައްވާފައިވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭގޮތުން 7 ޖަމިއްޔާއަކުން ސަރުކާރަށް އިލްތިމާސެއްކޮށްފައިވާތީއެވެ.
ނާދިރު ވިދާޅުވީ އައްޑޫ ސިތީގެ ބިން ހިއްކަނީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އޭގެ އިތުރުން އައްޑޫ ރައްޔިތުން މި ސަރުކާރަށް ވޯޓުދިނީ އައްޑޫގެ ބިންހިއްކަން ބޭނުންވާތީ ކަމަށާއި އެހެންކަމުން އެއްވެސް ފަރާތަކުން އެކަމަށް ހުރަސް ނޭޅުމަށް އެދޭ ކަމަށެވެ.
"އައްޑޫ ސިޓީގެ ތަރައްޤީއަށް ބިންހިއްކަން ޖެހޭ. އައްޑޫ ބިން ހިއްކަނީ އައްޑޫ ރައްޔިތުން އެކަމަށް ބޭނުންވެގެން. އެއްވެސް ޖަމިއްޔާއަކުން ބޭނުން ވެގެނެއް ނޫން." ނާދިރު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ނާދިރުވަނީ އައްޑޫ ބިން ހިއްކުން ވީހާވެސް އަވަހަކަށް ފަށައިގެން ކުރިޔަށް ގެންދިއުމަށް ސަރުކާރަށްވެސް ގޮވާލައްވާފައެވެ.
އައްޑޫ ސިޓީގައި ބިން ހިއްކުމަށް އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އައްޑޫ ސިޓީގައި ބިން ހިއްކުމަށްޓަކައި ހިންގާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 268.3 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ވަނީ ހަމަޖެހިފައެވެ.
އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްޤީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު