އައްޑޫ ސިޓީ ފޭދޫގެ މަގުހެދުމުގެ މަސައްކަތް ފެށުމާގުޅިގެން އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނިހާދުގެ ޝުކުރު ސަރުކާރަށް ބަންޑުންކޮށްލައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާއި އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މެންބަރު ނިހާދު މިއަދު ވިދާޅުވީ އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފޭދޫ މަގު ހެދުމުގެ މަސައްކަތް މިހާރު ފަށައިފި ކަމަށެވެ. މިއީ "އެފްކޮންސް" ކުންފުންޏާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަސައްކަތުގެ ބައެއް ކަމަށް ނިހާދު ވިދާޅުވިއެވެ. އައްޑޫ ފޭދޫ މަގުހެދުމުގެ މަސައްކަތް ފެށުމާ ގުޅިގެން ނިހާދު ވަނީ ރައީސް ޞާލިޙަށާއި އިޤްތިޞާދީ ވަޒީރު ފައްޔާޒަށާއި އިންޑިއާ ސަރުކާރަށް ޝުކުރު ބަންޑުންކޮށްލައްވާފައެވެ.
މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން މި ދައުރުގެ ތެރޭގައި އިތުރު ކުރާނެކަމަށެވެ.
އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.

India Exim Bank fund ge dhashun #AdduCity gai AFcons aai havaalu kohgen kuriyah gendhaa magu hedhumuge masakkathuge therein #Feydhoo magu hedhumuge masakkaih feshijje!
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 17, 2022
Shukuriyyaa Raees @ibusolih
Shukuriyyaa Vazeeru @faya_i
Shukuriyyaa @HCIMaldives 👏👏👏 pic.twitter.com/hgbUyZ15Sd
މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން މި ދައުރުގެ ތެރޭގައި އިތުރު ކުރާނެކަމަށެވެ.
އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު