މަސްތުވާތަކެތީގެ ވަބާއިން ޒުވާންޖީލު ސަލާމަތް ކުރުމަކީ ޤައުމީ ވާޖިބެއް ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިމޭރުމުން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނާ އަންހެނުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޑރ. ޝަހީމް ވިދާޅުވީ މަސްތުވާ ތަކެތީގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށް މުޅި މުޖުތަމަޢުން އެއްބާރުލުން ދިނުމަކީ ޤައުމީ ވާޖިބަކަށް ހަދަންޖެހޭ ކަމަށެވެ.
"މަސްތުވާތަކެތީގެ ސަބަބުން ދިވެހި ޤައުމުގެ މުޅި މުސްތަޤްބަލަށް ހިޔަނި އެޅިގެންދިއުމަކީ އެންމެނަށް ލިބޭނެ ދެރައެއް." ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ކުރިއަށް ގެންދިޔަ މީޑިޔާ އިވެންޓުގައި ޑްރަގް ކެފޭ ތަކުން ޢާއްމުކޮށް ޚިދުމަތް ހޯދާ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ވަނީ ދައްކާލާފައެވެ. ފުލުހުން ބުނެފައިވަނީ ޑްރަގް ކެފޭތަކުން އާއްމުކޮށް 1118 ދިވެހިން ހިދުމަތް ހޯދާކަމަށެވެ.
އެގޮތުން ޤަވާއިދުން ހިދުމަތް ހޯދާ އުމުރުން 50 އަހަރުން މަތީގެ 56 މީހަކާއި 65 އަންހެނުން ފާހަގަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން 14 ކުދިންވެސް ޑްރަގް ކެފޭތަކުން ހިދުމަތް ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ޑްރަގްކެފޭގެ ގޮތުގައި ބޭނުންކުރާ ތަންތަނުގެ ޢަދަދު ސާޅީހުން މައްޗަށް އަރާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

Masthuvaa thaketheege vabaain Zuvaan Jeelu salaamai kurumahttakai kurevey komme masakkathakah mulhi Mujuthamaun ebbaarulun dhinumaki Qaumee Vaajibakah hadhanjehey. Masthuvaathaketheege sababun dhivehi Qaumu ge mulhi Musthaqbalah hiyani elhigen dhiumaki emmenah libeyne dhera eh.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 21, 2022
ފުލުހުން އިއްޔެ ކުރިއަށް ގެންދިޔަ މީޑިޔާ އިވެންޓުގައި ޑްރަގް ކެފޭ ތަކުން ޢާއްމުކޮށް ޚިދުމަތް ހޯދާ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ވަނީ ދައްކާލާފައެވެ. ފުލުހުން ބުނެފައިވަނީ ޑްރަގް ކެފޭތަކުން އާއްމުކޮށް 1118 ދިވެހިން ހިދުމަތް ހޯދާކަމަށެވެ.
އެގޮތުން ޤަވާއިދުން ހިދުމަތް ހޯދާ އުމުރުން 50 އަހަރުން މަތީގެ 56 މީހަކާއި 65 އަންހެނުން ފާހަގަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން 14 ކުދިންވެސް ޑްރަގް ކެފޭތަކުން ހިދުމަތް ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ޑްރަގްކެފޭގެ ގޮތުގައި ބޭނުންކުރާ ތަންތަނުގެ ޢަދަދު ސާޅީހުން މައްޗަށް އަރާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު