އަލީ ނިހާދު   22 ފެބްރުއަރީ 2022 - 21:35
ބެޔާން މިއުނިކްގެ ތަރި ތޯމަސް މުލާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ މުލާ ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޕޮޒިޓިވްވީ، ފެބްރުއަރީ 2021 ގައި ކްލަބް ވޯލްޑްކަޕްގައެވެ. ރިޕޯޓްތަށް ބުނާގޮތުން، ލީގުގައި ހޮނިހިރު ދުވަހު ފްރެންކްފާޓާއި ދެކޮޅަށް ކުޅޭ މެޗުގައި މުލާއަކަށް ނުކުޅެވޭނެއެވެ. ނަމަވެސް 5 މާރޗް ގައި އަމިއްލަ ދަނޑުގައި ލެވަކޫސަނާއި ދެކޮޅަށް ކުޅޭ މެޗުން މުލާ ފެންނާނެއެވެ.

32 އަހަރުގެ މުލާ އަކީ ބެޔާނަށް މި ސީޒަންގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ލީގުގެ އެއްވަނައިގައި 6 ޕްއިންްޓްގެ ލީޑެއްގައި ބެޔާން އޮތް އިރު، މުލާވަނީ 7 ގޯލް ޖަހައި 16 ގޯލްޖަހަން އެހީތެރިވެދީފި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން