ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި، ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު، ގްރާންޑޭގެ މައްޗަށް ޔޫވީ އިން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުފެށިގެން ކުރީކޮޅުގައި ބޮޑަށް ނުރައްކާކުރީ ޔޫވީންނެވެ.

ދެވަނަ ހާފުގައި ދަ ގްރާންޑޭގެ ޗަމޯދް ދިލްޝަން އަށް ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޗަމޯދް ފޮނުވާލި ބޯޅަ ޔޫވީ ކީޕަރު ބޯމަތިން ގޮސް ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޫވީގެ އަނަޓޯލީ ވްލަސިޗޭވް އެވެ.

ޔޫވީގެ ފުރަތަމަ 3 ޕްއިންޓް މިއަދުގެ މެޗުން ލިބިގެން ދިޔަައިރު، މިއީ ލީގުގައި ދަ ގްރާންޑޭގެ ފުރަތަމަ ބައްޔެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން