ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ބުރުގައި، ޗެލްސީ 0-2 ގެ ނަތީޖާއަކުން ލިލޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ގޯލް ފެނިގެން ދިއައީ 8 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ޒިޔެޗް ގެ ކޯނަރަކުން ބޮލުން ޖަހައިގެން ކައި ހަވަޓްޒް އެވެ.
ޗެލްސީގެ ދެވަނަގޯލު ޖަހައިދިނީ 63 ވަނަ މިނެޓުގައި ކަންޓޭ ގެ ޕާހަކުން ޕުލިސިޗެވެ. މިއީ ޕުލިސިޗް ޗެލްސީ ދަނޑުގައި ކާމިޔާބު ކޮށްދިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ގޯލެވެ.
ރޭ ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުގައި ފޯވާޑު ލުކަކޫ ނުކުޅެއެވެ. މެޗުގެ ވަކި ހިސާބަކުން ކޮވަސިކް އަދި ޒިޔެޗް ވަނީ އިންޖަރީ ވެގެން ބަދަލު ކޮށްފައެވެ. ދެވަނަ ލެގްގެ މެޗު ކުޅޭނީ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު