ރަޝިޔާ އާއި ޔޫކްރޭންއާ ދެމެދުގައި މަސްރަޙު ހޫނުވެ ރަޝިޔާއިން ޔޫކްރޭންގެ އަސްކަރީ މަރުކަޒްތަކަށް ޙަމަލާދީފިއެވެ.
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިނަށް އިރުމައްޗަށް އަރަން ނިންމިކަން އިއުލާންކުރީ މިއަދު ހެނދުނު ރާއްޖެ ގަޑިން 8:00 ޖަހަނިކޮށެވެ. އަދި އޭގެ 30 މިނެޓްފަހުން ރަޝިޔާ ސިފައިން ވަނީ ބެލަރޫސް އަދި ކްރައިމިއާ ބޯޑަރުގެ ތެރެއިން ޔޫކްރެއިންގެ އިރުމައްޗަށް ވަދެފައެވެ. ހަމައެއާއެކު ޔޫކްރެއިންގެ ބައެއް ސިޓީތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާކަމަށް ބައިނަލްއަޤުވާމީ ނޫސްއެޖެންސީތަކުން ވަނީ ބުނެފައެވެ.
ރަޝިޔާގެ މިޢަމަލާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ. ނަމަވެސް ރަޝިޔާއިން ބުނަނީ އެޤައުމުން އާއްމުން އުޅޭ އެއްވެސް ތަނަކަށް ހަމަލާ ނުދޭނެކަމަށެވެ. ރަޝިޔާއިން ބުނަނީީ މިއީ ޔޫކްރެއިން ހިފަން ރަޝިޔާއިން ކުރާ ކަމެއް ނޫންކަމަށާއި، މިއީ ދޮންބާސްގެ ދޮނެސްކާއި ލުހާންސްކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްކަމަށެވެ.
ނަމަވެސް ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ އަމަލު ސިފަކުރަނީ ޔޫކްރެއިނަށް އަރައިގަތުންކަމަށެވެ.
ރަޝިއާގެ ހަމަލާގެ ހަބަރާ އެކު ދުނިޔޭގެ މާލީ ބާޒާރަށްވެސް އެކަމުގެ އަސަރުވަނީ ކޮށްފައެވެ. އަދި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް މިހާރު ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު