ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ބާސެލޯނާ، ނަޕޯލީ މައްޗަށް 2-4 ގެ ނަލީޖާއަކުން ކުރި ހޯދައި މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ނަޕޯލީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ކޮޅުގައި ވަނީ ބާސާއިން 2 ގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު 8 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަޑަމާ ޓްރައޯރޭގެ ޕާހަކުން ޖޯޑި އަލްބާ އެވެ. އޭގެ 5 މިނެޓު ފަހުން ބާސާގެ ދެވަނަ ގޯލު ޖެހީ ފްރެންކީ ޑެ ޖޮންގެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ނަޕޯލީއިން ވަނީ ލިބުނު ޕެނަލްޓިއަކުން ގޯލެއް ޖަހައިފައެވެ. ބާސާގެ ކީޕަރު ޓާ ސްޓެޖަން، ނަޕޯލީގެ ފޯވާޑު ވިކްޓާ އޮސީމެއިނަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އިންސީނިއޭ އެވެ.
ބާސާއިން ވަނީ 45 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ޖެރާޑް ޕީކޭ އެވެ.
ބާސާގެ ފަހު ގޯލު 59 ވަނަ މިނެޓުގައި ޖަހައިދިނީ އޮބަމަޔަން އެވެ. މިއީ އޮބަމަޔަން އެންމެ ފަހުން ކުޅުނު 2 މެޗުގައި ކާމިޔާބު ކޮށްދިން 4 ވަނަ ގޯލެވެ. ނަޕޯލީގެ ފަހު ގޯލު ޖަހައިދިނީ 87 ވަނަ މިނެޓުގައި ޕޮލިޓާނޯއެވެ.
މި ދެޓީމު ބައްދަލުކުރި ނޮކައުޓް ރައުންޑު ޕްލޭއޮފްގެ ފުރަތަމަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން، ރޭގެ ނަތީޖާއާއެކު ނަޕޯލީ ކަޓުވާލައި ބާސާ ގަދަ 16 ވަނަ ބުރަށް ދަތުރު މިކުރީ 3-5 ގެ އެގްރިގޭޓް އަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު