ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕޭނުގެ ދަށުން ހުޅުމާލޭގައި ވަރަށް ކާމިޔާބު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ސްޓެލްކޯ އިން ކުރިއަށް ގެންދާ ސޭވް އެނާޖީ ޕްރޮގްރާމުގެ މަގުސަދަކީ ގޭބީސީތަކުން ކަރަންޓު ބިލަށް ކުރަންޖެހޭ ހޭދަ ކުޑަ ކުރުމެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު އިޤްތިޞާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ އެނަރޖީސޭވިންގ ކެމްޕެއިންގެ ދަށުން ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލްޕާކުގައި ވަނީ ވަރަށް ކާމިޔާބު ކުޑަކުދިންގެ ހަވީރެއް ބާއްވާފައި ކަމަށެވެ.
މި ހަވީރުގައި ގައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އޭގެއިތުރުން މިހަވީރުގެ ތެރެއިން ކުޑަކުދިންގެ ހުނަރު ދައްކާލުމާއެކު، ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތައް ވަނީ އެކުދިންނަށް ދީފައެވެ.
މި ހާއްސަ ހަވީރުގައި ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި، ކަޕްކޭކާއި، ކުޑަކުދިންނާއި ގުޅުންހުރި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް ކުޑަކުދިންނަށް ވަނީ ދީފައެވެ.
ސްޓެލްކޯއިން ބުނީ އެނާޖީސޭވިން ކެމްޕެއިން ކުރިޔަށްދާއިރު، މިފަދަ އިތުރު ހަރަކާތްތައްވެސް ކުރިޔަށްއޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާއާއި، މާސްމީޑިއާ މެދުވެރިކޮށް އިއުލާން ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު