މާލެއިން އިންޑިއާއަށް ދިޔަ ދެމީހުން ގިނަ ޢަދަދެއްގެ ރަނާއިއެކު ހައްޔަރުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މާލެއިން އިންޑިއާގެ ކެމްޕޭގައުޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ދެމީހުން 22.6 ލައްކަ ރުޕީސްގެ ރަން އެޤައުމަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމީހުން ރަން ވަގަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ކެޕްސޫލް ގޮތަށް ހަދައިގެން ދިރުވާލައިގެން ކަމަށް ނޫހުން ބުނެފައި ވެއެވެ. އެ ތަކެތީގެ ބަރުދަނުގައި 445 ގްރާމް ހުރިކަމަށާއި އެ ތަކެތީގެ އަގު 2،260،000 އިންޑިއާ ރުޕީސްއަށް އަރާ ކަމަށް އެނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއިން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ އަންހެނަކާއި، 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސްމަގުލް ކުރުމާއި ޤާނޫނީ ވާޖިބަށް ހުރަސްއެޅުމަށް މަސައްކަތްކުރުންކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

އެދެމަފިރިން އިންޑިއާއަށް ދަތުރުކުރީ ގޯ ފަސްޓް، ޖީބީ 4032 ފްލައިޓުން ކަމަށް ނޫހުން ބުނެއެވެ.

މާލެއިން އިންޑިއާއަށް ވަގަށް ރަން އެތެރެ ކުރަން އުޅުނު ދެމީހުންނަކީ އިންޑިއާގެ މަހާރާސްތުރާއަށް ނިސްބަތްވާ ދެމީހުން ކަމަށް ފަހުން އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


9

ގާދިރު

02-Mar-2022

އިންޑިޔާ ޓައިމުސް އިން އެއުޅެނީ ރަންއެތެރެކުރީ ދިވެހިންކަމަށް ހަދައިގެން އެމީހުން ބަދުނާމު ކުރަން އިންޑިޔާގެ އާލާތުން ދިވެހިންނަށް ހެވެއް ނޭދޭނެ އިންޑިޔާ ގައި ތިބީ ވެސް ހުސްވަގުން ވަގުންގެ ފޮށި ބާރަށް ބަންނާނެ


2

ގާދިރު

02-Mar-2022

އިންޑިޔާ ޓައިމުސް އިން އެއުޅެނީ ރަންއެތެރެކުރީ ދިވެހިންކަމަށް ހަދައިގެން އެމީހުން ބަދުނާމު ކުރަން އިންޑިޔާގެ އާލާތުން ދިވެހިންނަށް ހެވެއް ނޭދޭނެ އިންޑިޔާ ގައި ތިބީ ވެސް ހުސްވަގުން ވަގުންގެ ފޮށި ބާރަށް ބަންނާނެ



ޓްރެންޑިން