ކުންފުންޏާ ޙަވާލުވެވަޑައިގަތްފަހުން ފާއިތުވީ ތިންއަހަރުގެ ތެރޭގައި 70 އިންސައްތަ މުވައްޒަފުންނަށް ޕްރޮމޯޝަން ދެއްވާފައިވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޣުނީ ވިދާޅުވީ ކުންފުންޏާ ޙަވާލުވެވަޑައިގެންނެވިއިރު ކުންފުނި ކުރިއަށް ގެންދާނެ ގޮތުގެ ރަނގަޅު ބަޖެޓެއް އެކުލަވާލެވިފައިނެތް ކަމަށާއި މުވައްޒަފުންނަށްވެސް އެކަށީގެންވާ ގޮތެއްގައި މަޤާމުގެ ކުރިއެރުން ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން އެކަން ޙައްލު ކުރުމަށް މަސައްކަތް ކުރަށްވައި ކުންފުނީގެ 70 އިންސައްތަ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާނެ ކަމަށް މުޣުނީ މިއަދު ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ކުންފުންޏެއް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ބެލެންސް ބަޖެޓެއް އޮތުން ކަމަށާއި ނަމަވެސް ކުންފުންޏާއި ޙަވާލުވެވަޑައިގެންނެވިއިރު އޮތީ ވިޝްލިސްޓެއް ކަމަށެވެ. އަދި އެކަން މިހާރު ޙައްލުކޮށްފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ސަޤާފަތް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން ރަނގަޅު ކޯޕަރޭޓިވް މާޙައުލެއް ކުންފުނީގައި މިހާރު އުފެއްދިފައިވާ ކަމަށެވެ.
މުޣުނީ މިއަދު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދަށުން ކުންފުނީގެ ޚަރަދުކުޑަކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ފަށާފައިވާ މަސައްކަތުން ރައްޔިތުންގެ ކަރަންޓު ބިލަށް އެލުއިކަން ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު