ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 އިންސައްތަ މަސައްކަތް ނިމިިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެގޮތުން ކ. ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އޭގެއިތުރުން އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހިންމަފުށީ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 25.88 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު


-2

އަބްސަލް

02-Mar-2022

މިވަރުގެ މަސައްކަތެއް ރަށުގެ ތަރައްގީއަށް މި ސަރުކާރުން ކޮއްދޭ އިރުވެސް މި ސަރުކާރުން ކަމެއް ނުކޮއްދޭކަމައް ދައްކަމުން ފޭލިޔަރު ޝާން އެ ދަނީ މަސައްކަތް ކުރަމުން.އަދި މިކަމުގެ އަޑީގަ ހިންމަފުށިން ބޭރު ލަންދޫ މޫސަ ލަންދޫ އަލީ އަދި ރަސްމާދޫ ސައްދާމު ދަނީ ރައްޔިތުން މެދޮގަ ފިތުނަ އުފައްދަމުން



ޓްރެންޑިން