ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ތައިރޮއިޑް ސަރޖަރީއަށްފަހު ރައީސް ޞާލިޙް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ފެބްރުއަރީ ތޭވީހުން ފެށިގެން ރައީސް ޞާލިޙް ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރުގައެވެ. ރައީސް ސާޖަރީ ކުރެއްވި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނެންގެވީ އެމަނިކުފާނުގެ ނާއިބް ފައިސަލް ނަސީމެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ސަރޖަރީ ކާމިޔާބުވުމާއެކު އެމަނިކުފާނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގެންފައި ކަމަށެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ސަރޖަރީއަށްފަހު އެމަނިކުފާނު މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޙާލުކޮޅު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެއަށް އެނބުރިވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.



ރައީސްގެ ސަރޖަރީ ކުރިއަށް ގެންދިއުމަށްޓަކައި ގާތްގަނޑަކަށް 210 މިނެޓަށް ވެރިކަމުގެ މަސްއޫލިއްޔަތުތައް ނައިބުރައީސް ފައިސަލް ނަސީމާ ޙަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން