އައްޑޫ އެއަރޕޯޓަށް އައު މެޝިނަރީޒް ލިބިއްޖެ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުގެ ޝުކުރު އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލަށް ބަންޑުންކޮށްލަށްވައިފިއެވެ.
އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ގަން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު އެ އެއަރޕޯޓަށް ބޭނުންވާ ބައެއް މެޝިނަރީޒް މިހާރުވަނީ އައްޑޫއަށް ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނިހާދު ވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒަށް ޝުކުރު ބަންޑުންކޮށްލައްވާފައެވެ.
ނިހާދު ވިދާޅުވީ އައްޑޫ އެއަރޕޯޓަކީ އިންޓަނޭޝަނަލް ފެންވަރުގެ ރަނގަޅު ޚިދުމަތްދެވޭ ތަނަކަށް ހެއްދެވުމަށް މިނިސްޓަރ ފައްޔާޒް ކުރަށްވާ މަސައްކަތަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ. އަދި އެކަމާ އުފާކުރަށްވާކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"އާ މެޝިނަރީޒް އަނެއްކާ އަތުވެއްޖެ. އުފާވޭ." ނިހާދު ވިދާޅުވެފައިވެއެވެ.
ގަން އެއާޕޯޓަކީ، ސަރުކާރާއި އެމްއޭސީއެލް އަދި ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއެކު، ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރާތަކާއި، މިހާރު ހުރި ޓަރމިނަލް އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރާނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރާނެއެވެ.

#AdduCity #Gan @Ganairportco In fenvaru Rangalhu zamaanee hidhumaih dhee International Flight ah furihama ah hidhumaih Dhevey thanakah e APT badhalu kurumah Iguthisaadhee Vazeeru @faya_i dhevvaa ebbaarlumah fahfashun Shukuru dhannavan! Aa machineries anekkaa athuvejje! Ufaavey! pic.twitter.com/eQTWXEZyJ2
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 28, 2022
ގަން އެއާޕޯޓަކީ، ސަރުކާރާއި އެމްއޭސީއެލް އަދި ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއެކު، ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރާތަކާއި، މިހާރު ހުރި ޓަރމިނަލް އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރާނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރާނެއެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު