ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ދުވާރު ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
ޖޫން 2019 ގައި ފެށި ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ދަށުން ޒަމާނީ ފެންވަރަށް އެރަށުގެ މަގުތައް ބަދަލުކުރުމަށްޓަކައި 27،179 އަކަ މީޓަރުގެ ދުވާ ސަރަހައްދެއް ގާއިމު ކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
53.9 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތް 2 މާރޗް 2022 ވަނަ ދުވަހު ވަނީ ފަށާފައި. #MTCCProjects #RayyithungeKunfuni pic.twitter.com/1UP2eaBDmW
— MTCC Plc (@MTCCPlc) March 2, 2022
53.9 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު