އިނގިރޭސި އެފްއޭކަޕް ފަސްވަނަ ބުރުގައި ރޭ ރަށުން ބޭރުގައި، ލޫޓަން ޓައުން މައްޗަށް ޗެލްސީ ފަހަތުން އަރާ 2-3 ގެ ނަތީޖާއަކުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރަތަ ގޯލު، ލޫޓަންގެ ރީސް ބާކް ޖެހީ 2 ވަނަ މިނެޓުގައެވެ. ޗެލްސީން އެއްވަރު ކުރި ގޯލު 27 ވަނަމިނެޓުގައި ސައުލް ނިގޭޒް ކާމިޔާބު ކޮށްދިންއިރު ލޫޓަންއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހާ ލީޑުނަަގައިފައެވެ. 40 ވަނަ މިނެޓުގައި މި ލަނޑުޖެހީ ކޯނިކްްއެވެ.

ޗެލްސީއިން ދެވަނަ ފަހަރަށް އެއްވަރުކުރީ 68 ވަނަ މިނެޓުގައެވެ. މި ގޯލު ޖަހައިދިނީ ވާނާއެވެ. މިއީ ވާނޭ ޖެނުއަރީ 2022 ގެ ފަހުން ޖެހި ފުރަތަމަ ގޯލެވެ. އޭގެ 10 މިނެޓުފަހުން ޗެލްސީ މޮޅުވި ލަނޑުޖަހައިދިނީ ލުކާކޫއެވެ. މިއީ ލުކާކޫގެ ކެރިއަރުގައި އެފްއޭ ކަޕު، މިހާތަނަށް ޖެހި 15 ވަނަ ގޯލެވެ.

އެފްއޭ ކަޕު ކުއާޓާ ފައިނަލު ގުރުނެގުން އޮންނާނީ މިރޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން