އަލީ ނިހާދު   3 މާރިޗު 2022 - 14:29
އިނގިރޭސި އެފްއޭ ކަޕް ފަސްވަނަ ބުރުގައި ރޭ ނޯވިޗް މައްޗަށް 1-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައި، ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ މިނަމީނޯއެވެ. ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ޖަހާފައިވާއިރު ދެވަނަ ގޯލް ޖެހީ 39 ވަނަ މިނެޓުގައެވެ.

މިމެޗުގައި ޖެހި 2 ގޯލާއެކު މިއީ ކްލޮޕުގެ އިރުޝާދުގެދަށުން ލިވަޕޫލުން ޖެހި 750 ވަނަ ގޯލެވެ. ނޯވިޗުގެ ހަމަ އެކަނި ގޯލު މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ލޫކަސް ރުފްއެވެ.

މިއީ ކްލޮޕުގެ ކޯޗުކަމުގެ ދަށުން ލިވަޕޫލް އެފްއޭ ކަޕު ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފްއޭކަޕު ކުއާޓާ ފައިނަލުގެ ގުރުނެގުން އޮންނާނީ މިރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން