ރަޝިޔާ އިން ޔޫކުރެއިން އަށް ދޭ ހަމަލާތާކާގުޅިގެން، މިހާރު ފުޓުބޯޅަވެސް އަދި އެއްވެސް ކުޅިވަރެއް މުހިންމު ނޫންކަމަށް ޔޫކުރެއިންގެ ކުރީގެ ހެޑް ކޯޗު އަދި އެގައުމުގެ ފުޓުބޯޅައިގެ ރަސްގެފާނު އަންދްރޭ ޝެވްޗެންކޯ ބުނެފިއެވެ.

އެގޮތުން ޔޫކްރެއިންގެ ގައުމީޓީމަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއާ ޝެވްޗެންކޯ ވަނީ ސުލްހަ އަށް ގޮވާލާ އަދި ހަމަލާތަކާއި ދެކޮޅަށް އަޑުއުފުލުމަށް އޭނާއާއި އެކު ބައިވެރިވުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

"ފުޓުބޯޅަ އަކީ މިހާރު އަހަރެންނަށް އޮތް އެއްޗެއް ނޫން. އެކަމާ އަހަރެން ނުވިސްނަން. މިއީ އެވަގުތެއް ނޫން. އަހަރެން މިހާރު އެއްވެސް ކުޅިވަރެއް، އެއްވެސް އެއްޗެއް ނުބަލަން." ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއު އެއްގައި ޝެވްޗެންކޯ ބުންޏެވެ.

"ހޭލާގޮތަށް، ފުރަތަމަވެސް ބަލަނީ އަހަރެންގެ މައިންބަފައިންނަށް އަދި ރައްޓެހިންނަށް ގުޅައިގެން ގައުމަަށް މިހާރު ދިމާވެފައިވާ ކަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދޭތޯ. މިހާރު ވިސްނުން ހުންނަނީ އަހަރެންގެ ގައުމަށް އަހަރެންނަށް އެހީތެރިވެދޭނީ ކިހިނެއްތޯ."

ޝެވްޗެންކޯ ބުނާގޮތުގައި ފީފާ އަދި ޔޫއެފާ އިން ރަޝިޔާ، ކުޅިވަރު ތަކުން އެކަހެރިކުރުމަކީ ރަނގަޅު ނިންމުމެއްކަމަށެވެ. އަދި ހަނގުރާމަ ނުހުޓުވޭއިރު ރަޝިޔާގެ އެއްވެސް އެތުލީޓަކަށް ކުޅިވަރުގެ އެއްވެސް ހަރަކާތަކާއި ބައިވެރި ނުވެވޭ ގޮތް ހެދުމަކީ ރަނގަޅު ނިންންމުމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން