މިއަހަރުގެ ފުރަތަމަ ދެމަހު ރާއްޖެއަށް ޒިޔާރަތްކުރީ ދެލައްކަ އަށްޑިހަހާސް ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެމަސް ނިމުނުއިރު ރާއްޖެއަށް 280،774 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. އަދި ފެބްރުއަރީމަހު ޒިޔާރަތްކުރީ 149،010 ފަތުރުވެރިންނެވެ.
މިއީީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 48.6 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް އެނދުގެ ޢަދަދަކީ 54،178 އެވެ.
މިއަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. މިއަހަރު ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 15.5 ޙިއްސާކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އުޅެނީ 11.1 އިންސައްތައިގައެވެ.
މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިފައިވާއިރު މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ވަނީ ތަޢާރަފް ކޮށްފައެވެ. ބޭރުގެ 35 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަނީ ދަތުރުތައް ބާއްވަމުންނެވެ.
މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ޙާސިލުކޮށްފައިވާއިރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެން ގުޅިގެން ރާއްޖެއަށް އެކަން ޙާސިލްކުރެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައިއޮތް ހާލަތަށް ރުޖޫއަވެފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.
ރާއްޖެއިން މިދިޔަ ދެއަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު