ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓުން" ފަށާފައިވާ "ފުނަރު" ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ދަސްވެނިވުން ބާއްވައިފިއެވެ.
ފެނަކައިން ބުނީ މިޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ތަމްރީން ލިބިފައިވާ މީހުން ބިނާކުރުން ކަމަށެވެ. އެގޮތުން އެކުންފުނިން ރޭ ބާއްވާފައިވަނީ އިންޖީން ރެޕެއަރ އެންޑް މެއިންޓަނަނަންސް ލެވެލް 3 ގެ ކޯހުގެ ފުރަތަމަ ބެޗްގެ ދަސްވެނިވުމުގެ ޙަފްލާއެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ފެނަކަ ކޯޕޭޝަން ލިމިޓެޑްގެ ބޯޑް ޗެއަރމަން، މުހައްމަދު ރަޝީދާއި ފެނަކަ އެމްޑީ އަޚްމަދު ސައީދު މުހައްމަދެވެ.
ފެނަކައަކީ ރާއްޖޭގެ 154 އަށްވުރެ ގިނަ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ފެނަކައިގެ ފުނަރު ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފޯރުކޮށްދޭ 03 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗުން ހިންގާ 03 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
ފުނަރު ޕްރޮގްރާމުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި ފުނަރު ޕްރޮގްރާމް ކުރިއަށް ގެންދެވުނީ މަހަކު ތިންހާސް ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ރާއްޖޭގެ 8 ސަރަހައްދަކަށް އަމާޒުކޮށް 8 ރަށެއްގައި ކަމަށާއި އެގޮތުން ށ.މިލަންދޫ، ހދ.ކުޅުދުއްފުށި، ނ.ވެލިދޫ، ތ.ވިލިފުށި، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ، ބ.އޭދަފުށި އަދި ސ.ހިތަދޫގައި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އިންޖީން ރެޕެއަރ އެންޑް މެއިންޓަނަނަންސް ލެވެލް 3 ގެ ކޯސް ފުރިހަމަކުރި ފަރާތްތަކުގެ ތެރޭގައި ދެ އަންހެން ބޭކަނބަލުން ހިމަނިވަޑައިގަންނަވާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު