މާލޭ ރައްޔިތުންނަށް ގޯތި ވިއްކާނެ ކަމަށް ރިޔާސީ ބަޔާނުގައި ބުނެފައިނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މާލޭސިޓީ މޭޔަރަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައިވާކަމަށެވެ.
މީގެ ކުރިން ޑރ. މުޢިއްޒުވަނީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހަގީގަތެއްކަމުގައި ވާނަމަ، ރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ހިލޭ ގޯތި ދެއްވާފަދައިން އެ ގޯތިތައް މާލޭގެ ރައްޔިތުންނަށް ދެއްވުމަށް މުއިއްޒުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
މުއިއްޒުގެ ސިޓީއަށް ދިން ޖަވާބުގައި ރައީސްއޮފީހުން ބުނެފައިވަނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވާކަމަށާއި، ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާކަމަށެވެ.
އަދި ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގާ އެއްއަމާޒެއްގާ ތިބެ އެމަންޒިލަށް ވާޞިލްވުން." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު