އައްޑޫސިޓީއަށް ސަރުކާރުން ދައްކުވައިދިން ފަރިޗާލު މަންޒަރުތައް ފެންނަމުން ނުދާކަމަށް އިދިކޮޅުން މަޖިލީހަށް ހުށައެޅި ރިޔާސީ ބަޔާނުގެ ޖަވާބުގައި ބުނެފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބުދާރީވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވީ އައްޑޫ ސިޓީއަށް ސަރުކާރުން ދައްކުވައިދިން ފަރިޗާލު މަންޒަރުތައް އެސިޓީން ފެންނަން ނެތްކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަށް ވެފައިވާ ގިނަ ވަޢުދުތައް އަދިވެސް ފުއްދިފައިނުވާކަން ސަލީމް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އެންމެ ދެކުނު ބިތުގައި، ނޫ މުތީގެ ހާރެއްގެ ސިފައިގައިވާ އައްޑޫ ސިޓީއަށް ސަރުކާރުން ދައްކުވައިދިން ފަރިޗާލު މަންޒަރުތަކެއް އެސިޓީއަކުން ފެންނާކަށްނެތް. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ގާއިމުކޮށްދެން ވަޢުދުވެވަޑައިގެންނެވި ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޓިންގ ސެންޓަރުގެ ބިންގާވެސް އަދި ނޭޅޭ." ސަލީމް ވިދާޅުވިއެވެ.
ސަލީމް މިއަދު ވިދާޅުވީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އައްޑޫ ސިޓީގެ ރިޒޯޓްތައް ވަނީ ބަންދުކޮށްފައި ކަމަށާއި އެތަންތަން ހުޅުވޭނެ ދުވަހެއް ސަރުކާރަކަށް ބުނެ ނުދެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އައްޑޫ ސިޓީއަށް ސީ ޕްލޭންގެ ޚިދުމަތް ގެނައުމާއި ގަމުގައި 3 ހޮޓެލް އަދި، އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަކީވެސް ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން. ނަމަވެސް، މިއިން އެއްވެސް ކަމެއް މިސަރުކާރަކަށް ނުކުރެވޭ." ސަލީމް މިއަދު ވިދާޅުވިއެވެ.
ސަލީމް މިއަދު ވިދާޅުވީ އައްޑޫގެ ތަރައްޤީގެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއް ސަރުކާރުން ބުނެދޭންޖެހޭ ކަމަށެވެ. އަދި އައްޑޫ ސިޓީގައި އެލްޑަރލީ ވިލެޖެއް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ވިލެޖްގެ އެއްވެސް މަސައްކަތެއްވެސް ނުފެށޭކަން ސަލީމް ވަނީ މިއަދު ފާހަގަކުރަށްވާފައެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަވާބު ދިނުމަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު