ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި / ފޮޓޯ ރައީސްއޮފީސް
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި / ފޮޓޯ ރައީސްއޮފީސް
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ބޭއްވުމަށް ސިންތެޓިކް ޓްރެކް ވަގުތީގޮތުން ބަންދުކުރަން ނިންމަވާފައިވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިއަދު ވިދާޅުވީ 550 އަށްވުރެ ގިނަ ބޭފުޅުންނާއިއެކު ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރީތި ސިންތެޓިކް ޓްރެކްގައި ކަމަށެވެ. އަދި ވަގުތީގޮތުން ޓްރެކް ބަންދުކުރަންޖެހޭތީ އެތަން ބޭނުންކުރާ ފަރާތްތަކުގެ އަރިހުން މަޙްލޫފް ވަނީ މަޢާފަށް އެދިވަޑައިގަންނަވާފައެވެ.

"މިގޮތަށް ނިންމަންޖެހުނީ ހެންވޭރު، ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދުވެސް މިހަފްލާއަށް ކުޑަވުމުން." މަޙްލޫފް ވިދާޅުވެފައިވެއެވެ.

މަޙްލޫފް ވިދާޅުވީ އެހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ ބައިވަރު އަދި ބުރަ މަސައްކަތަށް ތާށިވެ ދަތިވި ނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް ކަމަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުޅިވަރު އެވޯޑު ތަކަކީ ވަރަށް ކުލަގަދަކޮށް ކުރާކަމެއްކަމަށް މަޙްލޫފް ވިދާޅުވިއެވެ. އެހެންކަމުން މިހަފްލާއަށް އެކުވެރި ބައެއް ޤައުމު ތަކުގެ ވަޒީރުނާއި ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުތައް ގެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަސައްކަތް މިކުރަނީ ތަފާތު އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފުރިހަމަ ހަފްލާއަށް ހެދޭތޯ. މިކަމުގެ ސަބަބުން ކުޅިވަރު އެތުލީޓުންނަށް ވަރަށްބޮޑު ހިތްވަރެއްލިބި ކުޅިވަރުގެ ކުރިއެރުމަށް ދެވޭބާރަކަށްވާނެ." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ މިހަފްލާގައި ބައިވެރިވާ ލެޖެންޑުން މެދުވެރިކޮށް އެތައް މިލިއަން ބައެއްގެ މެދުގައި ރާއްޖެ ކުޅިވަރުގެ ޒަރިއްޔާއިން އިޝްތިހާރުވެގެންދާނެ ކަމަށެވެ. އަދި މިކަމަށް އެންމެހާ ބޭފުޅުންގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވުމަށް މަޙްލޫފްވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން