އަލްހާން ފަހުމީ
އަލްހާން ފަހުމީ
ރާއްޖޭގައި ބޮޑު ފްރައުޑެއް ހިންގާކަމަށް ބުނެ ފްރީޒްކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކުންފުނީގެ އެކައުންޓް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ރޭވަނީ އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.

އެކަމާ ގުޅިގެން އަލްހާންގެ "ކިންގްސް ފޮރެކްސް ޓްރޭޑުން" ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސުން ރޭ ފޯނުންގުޅާ އެކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާގުޅިގެން ބޭންކާ ދެކޮޅަށް ދަޢުވާކުރާނެ ކަމަށާއި އެ ކުންފުނީގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ގޮތްތައް ހޯދަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



އެ މައްސަލާގައި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ނިޒާާމާ ބޭންކިންގ ސިސްޓަމް އިސްލާޙު ކުރަންޖެހޭ ކަމަށެވެ. އަދި ޒަމާނީ ވިޔަފާރިއަށް ޖާގަ ދިނުމަށްވެސް އަލްހާން ވަނީ ގޮވާލަށްވާފައެވެ. އަލްހާން ވަނީ ރައްޔިތުންނަށް މަންފާވާ ކަންކަމުގައި ޤާނޫނީ ގޮތުން އެކަންކަން ފަހި ކޮށްދިނުމަށް ގޮވާލާފައެވެ.



އެމްއެމްއޭއިން ރޭ ބުނީ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީންވެސް ވަނީ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ކުރިން އެއީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން