ކޮވިޑް-19 ގައި ހާލުދެރަވާ ފަރާތްތަކަށް ފަރުވާ ކުރުމަށް ހުޅުމާލޭގައި ހުޅުވި އައު ފެސިލިޓީގައި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކަށްވެސް ފަރުވާ ދިނުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
"އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ހުޅުވި މި ފެސިލިޓީގައި ގައިންގަޔަށް އަރާ އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ނިންމާފައިވަނީ މިވަގުތު ކޮވިޑް ބަލީގެ ގިނަ ބަޔަކަށް ފަރުވާދޭން ނުޖެހޭތީ ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ބުނެފައެވެ.
އެޗްޑީސީން މިއަދު ބުނީ ގައިންގަޔަށްއަރާ ބަލިތަކަށް ހާއްސަކޮށްފައިވާ އެ ފެސިލިޓީގައި 272 އެނދާއި 44 އައިސީޔޫ އެނދު ހުންނާނެ ކަމަށެވެ.
ދާއިމީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ގާއިމްކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ.
މިތަން ގާއިމްކޮށްފައި ވަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތެއްގައެވެ. އަދި އިމާރާތު މަސައްކަތް ނިންމުމަށްފަހު ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅައިގެންނެވެ.

ގައިންގަޔަށްއަރާ ބަލިތަކަށް ހާއްސަކޮށް 272 އެނދާއި 44 އައިސީޔޫ އެނދާއިއެކު އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރގެ ނަމުގައި ހުޅުމާލޭގައި ފެސިލިޓީއެއް ހުޅުވައިފި. pic.twitter.com/hyrkg7pXLG
— HDC (@hdcmaldives) March 13, 2022
ދާއިމީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ގާއިމްކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ.
މިތަން ގާއިމްކޮށްފައި ވަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތެއްގައެވެ. އަދި އިމާރާތު މަސައްކަތް ނިންމުމަށްފަހު ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު