ހަންޏާމީދޫ ކަރަންޓުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ އދ. ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށެވެ. މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި 2950 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އޭގެތެރެއިން 2900 މީޓަރުގެ ކޭބަލް މިހާރުވަނީ ވަޅުލައި ނިމިފައެވެ.
ސްޓެލްކޯއިން ދާދިފަހުންވަނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފައެވެ. މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައިތިބި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންކަމަށާއި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އދ. ހަންޏާމީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ 2900 މީޓަރުގެ ކޭބަލް ވަޅުލާނިމިފައި. މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވި، އެކަމުގެ ފަސޭހަތައް ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ. pic.twitter.com/b9uPNFRAnb
— STELCO (@STELCOMALDIVES) March 14, 2022
ސްޓެލްކޯއިން ދާދިފަހުންވަނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފައެވެ. މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައިތިބި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންކަމަށާއި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު