ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަނުޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ދިނުމާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ އާންމު ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް މަޖިލީހުގައި މިއަދުވަނީ ބަހުސްކޮށްފައެވެ.
އާންމު ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކުރާ ޤާނޫނުގައިވެސް އޮންނަނީ މަޖިލީހުުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ލިބޭ އިނާޔަތްތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެ ބޭފުޅުންގެ ދަރިންނާއި އަނބިންނަނަށް އިނާޔަތްތަކެއް ދިނުމުގެ ވާހަކަ އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީން ވަކިގޮތެއް ނިންމެވުންނެތި ތަޅުމަށް ހުށައެޅުއްވީ އެކަމުގައި އެންމެހާ މެންބަރުން ގޮތެއް ނިންމަވައި ދެއްވުމަށެވެ. މަޖިލީހުގެ ކުރީގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާއަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނުފެންނަކަމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
މަޖިލީހުގައި މިކަމަށް ނެގި ވޯޓުގައި މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅުންގެ އަނބިންނާއި ދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސަން ނުފެންނަކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 26 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ގިނަ މެންބަރުން ވިދާޅުވީ ކުރީގެ މެންބަރުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ދޭން ނުފެންނަ ކަމަށެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރެކެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާ ކޮށްދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު