ކ. ހުރާގައި އެއްހާސް ކިލޯވޯޓްގެ ޖެންސެޓެއް ބަހައްޓައި ޚިދުމަތްދޭން ފަށައިފިއެވެ.
ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތްތައް ބެލެހެއްޓުން ރާއްޖޭގައި ޔޫޓިލިޓީގެ ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް މިހާތަނަށް ދެމުން އައީ ހުރާގެ ކައުންސިލުގެ ބެލުމުގެ ދަށުން އެ ކައުންސިލުންނެވެ.
ފެނަކައިން ބުނީ ކ. ހުރާގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމައްޓަކައި 1000ކވ ގެ ޖެނެރޭޓަރ ސެެޓެއް އިންސްޓޯލްކޮށް ނިމި މިހާރު ވަނީ އެ ރަށަށް ހިދުމަތް ދެވެން ފަށާފައިކަމަށެވެ.
ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އާ ބޮޅެއް އިތުރުކޮށް، ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް ކުންފުނިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިދިޔަ އަހަރު ޖޫން މަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ގިނަ ރަށްތަކަކަށް ބޭނުންވާ ޖެންސެޓްތައް އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށާފައެވެ. އަދި ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބުކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު