ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގައި މިހާރު މައިންބަފައިން ބައިވެރިކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ އެކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމަކީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް ކަމެއްކަމަށެވެ. އެހެންކަމުން އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު ވަނީ އެކަންބޮޑުވުންތަކަށް ހައްލު ހޯދާދެވިފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެގޮތުން ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ވަނީ ހަމަޖައްސާފައި ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދީފައިވެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންނަށް އެލައިޑުން ހަމަޖައްސައިދިން ސްކީމްގެ ދަށުން މުވައްޒަފުން ބޭނުންނަމަ މައިންބަފައިންވެސް ސްކީމްގައި ބައިވެރިކުރެވޭނެ ކަމަށެވެ.



ސްޓެލްކޯއިން ބުނީ އިންޝުއަރެންސް ސްކީމަށް ގެނައި މި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އަހުމަދު ޝަރީފް އައްޔަނުކުރެއްވިފަހުން ގެންދަވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

ޝަރީފް ވިދާޅުވެފައިވަނީ ސްޓެލްކޯގެ ހިންގުން އަމާޒު ކުރައްވާނީ ރައީސް ޞާލިޙްގެ އިރުޝާދާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރުމަށް ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ތަސައްވުރާއި، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ އަމާޒަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ޝަރީފު ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

އަލީ

18-Mar-2022

ޝުކުރަން



ޓްރެންޑިން