ރޭޑިއަންޓް ސްޕޯޓްސްގެ ކުލަބްގެ ފުރަތަމަ ހިންގާ ކޮމެޓީ މިރޭ އިންތިޚާބުކޮށްފިއެވެ.
ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ނަމުގައި ނިއު ރޭޑިއަންޓް ރަމްޒުކޮށްދޭ އެ ކުލަބު ރަޖިސްޓްރީ ކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.
ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިޚާބުކުރީ މިރޭ ޝޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ކްލަބްގެ އިންތިޚާބީ ޖަލްސާގައެެވެ.
އެގޮތުން މިރޭ ވަނީ ޗެއާމަނާއި ވައިސް ޗެެއާމަނާއި ސެކެޓްރީ އާއި ޚަޒާންދާރުގެ އިތުރުން 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަށް މެމްބަރުން އިންތިޚާބުކޮށްފައެވެ. އެމަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމުލަ 24 ފަރާތަކުން ވަނީ އެމަގާމުތަކަށް ކުރިމަތިލާފައެެވެ. އެހެން ނަމަވެސް އޭގެ ތެރެއިން 3 ފަރާތަކުން ވަނީ މިރޭގެ އިންތިޚާބުގެކުރިން ނަން އަނބުރާ ގެންގޮސްފައެވެ.
މިރޭ ބޭއްވި ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އިންތިޚާބުގައި ޗެއާމަންގެ މަގާމަށް އިންތިޚާބުވީ އަހުމަދު ވާސިފެވެ. ކުލަބްގެ ވައިސް ޗެއާމަން ކަމަށް މުހައްމަދު ޔޫސުފް އިންތިޚާބުކޮށްފައިވާއިރު ޚަޒާންދާރަކަށް އިންތިޚާބު ކޮށްފައިވަނީ ޒަހީނުއްދީނު ސައީދެވެ. ކްލަބްގެ ސެކެޓްރީ ޖެނެރަލް ކަމަށް އިންތިޚާބުކޮށްފައި ވަނީ ލުޣައްޔު އާދަމެވެ.
މީގެ އިތުރުން ކްލަބުގެ ބޯޑް މެމްބަރުންގެ ގޮތުގައި އިންތިޚާބުވި ފަސް ބޭފުޅުންނަކީ މުހައްމަދު އަފޫ ހާމިދާއި ކުރީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދާއި އަހުމަދު ހުސެއިނާއި އަދި އަލީ ރަޝީދެވެ. މިރޭބޭއްވި ރޭޑިއަންޓް ކްލަބްގެ އިންތިޚާބުގައި ކްލަބްގެ ގާނޫނީ ޓީމަށް ދެ މެމްބަރުން ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން ކްލަބްގެ މީޑިޔާ ޔުނިޓަށްވެސް ވަނީ ދެ މެމްބަރުން އައްޔަންކޮށްފައެވެ.
ރަސްއޮންލައިނަށް މިރޭ މައުލޫމާތު ދެއްވަމުން ކްލަބުގެ ބޯޑް މެމްބަރު މޫސާ ސާއިދު ވިދާޅުވީ، ކްލަބް ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށްފަހު ދެން އޮތީ ރަސްމީކޮށް ޓީމް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކްލަބްގެ ޓީމު އެކުލަވާލުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ސާއިދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ އެ ކުލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ނެތުމުން ދިވެހި ދަނޑުތަކުން ގެއްލިފައިވާ ކުޅިވަރުގެ ޖޯޝާ ފޯރި އަލުން ގެނެސް ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި އުފެއްދި ކުލަބެއް ކަމަށެވެ. އެކުލަބުގެ ވިސްނުމަކީ ވާދަވެރި ޓީމުތަކާއި ކުޅެގެން ކާމިޔާބު ހޯދުން ކަމަށާއި ވާދަވެރި ޓީމުތައް ނެތި ކޮށްލުމަކީ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިޔާ ކްލަބްގެ ޓީމު އެކުލަވާލައިނިމި ރޯދަ މަސް ތެރޭގައި އަޅުގަނޑުމެންގެ ޓީމްގެ ފަރިތަކުރުންތައް ފެށޭވަރު ވާނެ. އަޅުގަނޑުމެންގެ ނިއުގެ ސަޕޯޓަރުން މި ޓީމާއެކު އެ ރޫޙުގައި އެ ފޯރީގައި ތިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން، މި ޓީމާއެކު ނިއުރޭޑިއަންޓް އަލުން ވުޖޫދަށް ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. އެމަސައްކަތްވެސް ދާނީ ބާރަށް ކުރިއަށް، ނިއު ރޭޑިއަންޓްވެސް އެނބުރި އަންނާނެ." ސާއިދު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބްގެ ގޮތުގައި ހިމެނޭ ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީގައެވެ. އެފްއޭއެމްގެ އެކްސްކޯއިން ނިންމި އެ އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު