ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓާލުމަށް ގޮވާލާ ބަހުސް މަޖިލީހުގައި ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި "އިންޑިއާ އައުޓް" ޙަރަކާތް ހުއްޓާލުމަށް ގޮވާލާ މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފައެވެ.

ޖާބިރު ހުށައެޅުއްވި މައްސަލަައިގައި ބުނެފައިވަނީ، އަވަށްޓެރި ގައުމަކާމެދު ނަފްރަތު އުފެދޭ ގޮތަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އަތޮޅުތަކުުން މީހުން މާލެ ގެނެސްގެން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އެހެންކަމުން އެ ޙަރަކާތް ހުއްޓުވުމަކީ ސަލާމަތީ ބާރުތަކުން މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށްވެސް ޖާބިރުގެ ޤަރާރުގައިވެއެވެ.

ޖާބިރުގެ ވިދާޅުވީ މާލޭގެ އެއްވެސް ތަނަކަށް އިންޑިއާ އައުޓްގެ ނަމުގައި އެއްވުމުގެ ޖާގަ ނުދީ އެކަން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ކޯވިޑްގެ ޙާލަތުން ރާއްޖެއަށް ހިންދެމިލުމުގެ ފުރުސަތުދީ ދިވެހިން ކޮޅަށް ނަގައިދިނީ އިންޑިއާއިން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް 30 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން