ކުރިއަށްއޮތް ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމަށް ޔޫރަޕްގެ ޗެމްޕިއަން އިޓަލީން ދެކެމުންދިޔަ ހުވަފެންތައް ބިލާހަކަށްވެގެން ނިމިއްޖެއެވެ.
ޤަތަރުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ކުޅުމުގެ ފުރުސަތު އިޓަލީއަށް ގެއްލުނީ ޔޫރަަޕްގެ ޕްލޭއޯފް ސެމީ ފައިނަލްގައި ރޭ ނޯރތް މެސަޑޯނިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މި މެޗްގައި ނޯރތް މެސަޑޯނިއާގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެލެގްޒެންޑްރާ ޓްރަކޯސްކީ އެވެ.
އިޓަލީގެ ޕެލާމޯގައި ކުޅުނު މެޗް ޑޮމިނޭޓްކޮށް ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީއެވެ. އެހެންނަމަވެސް ނޯރތް މެސަޑޯނިއާއަށް ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުންހިފައި އެޓީމްވަނީ ޕްލޭއޯފްގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ޕްލޭއޯފް ފައިނަލްގައި ނޯރތް މެސަޑޯނިއާ ބައްދަލުކުރަން ޖެހޭނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާއެވެ. މިއަހަރު ނޮވެމްބަރ އަދި ޑިސެންބަރ މަހު ޤަތަރުގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވާނީ މި މެޗުން މޮޅުވާ ޓީމެކެވެ.
މިއީ ޖެހިޖެހިގެން ވޯލްޑްކަޕަށް ކޮލިފައިނުވެ އިޓަލީ ކެޓި ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑްކަޕުން އިޓަލީ ކަޓާފައިވަނީ ޕްލޭއޯފްގައި ސްވިޑްން އަތުން ބަލިވުމުންނެވެ. 4 ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އިޓަލީއަކީ 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު